ރާއްޖެއަށް ފަތުރުވެރިއެއްގެ ގޮތުގައި އައިސް ގަވައިދާ ހިލާފަށް މަސައްކަތްކޮށް ދިރިއުޅެމުން ދިޔަ ނޯވޭގެ ފިރިހެނަކު އިމިގްރޭޝަނުން ހޯދައި އޭނާ ޑީޕޯޓްކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ އެއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 20 ވަަނަ ދުވަހު ރާއްޖެ އެތެރެވެފައިވާ ނޯވޭ ފަތުރުވެރިއެއް ކަމަށާއި ޓޫރިސްޓް ވިސާގެ މުއްދަތު ހަމަވުމުން ވެސް އަނބުރާ ގައުމަށް ނުގޮސް، ރާއްޖޭގައި މަަސައްކަތްކޮށް ދިރިއެޅުމުން ގެންދާ މީހެއް ކަމަށެވެ.

އެގޮތުން ފުލުހުންގެ ހިދުމަތުގެ އެހީތެރިކަމާ އެކު އެމީހާ ވަނީ މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އަދި އިމިގްރޭޝަނުން ބުނީ އެ މީހަކު އިއްޔެ ޑީޕޯޓްކޮށްފައިވާ ކަމަށެވެ.