ސޯވިއެޓް ޒަމާނުން ފެށިގެން އެންމެ ބޮޑު ކުށްވެރިން ބަދަލުކުރުމުގެ ތެރޭގައި އެމެރިކާ އާއި ރަޝިޔާ އިން ބުރާސްފަތި ދުވަހު 24 މީހުން މިނިވަންކޮށް ބަދަލުކޮށްފިއެވެ.
މިނިވަންކުރެވުނު މީހުންގެ ތެރޭގައި ނޫސްވެރި އީވަން ގާޝްކޮވިޗް، ކުރީގެ މެރީން ޕޯލް ވީލަން، އަދި ރަޝިޔާ ސަރުކާރާ ދެކޮޅު ވްލަދިމީރް ކަރަ-މުރްޒާ ހިމެނެއެވެ.
އެމެރިކާއަށް ނިސްބަތްވާްްްްްްްްްްްްްް މީހުން މެރިލޭންޑްގެ ޖޮއިންޓް ބޭސް އެންޑްރޫސް އަށް ޖެއްސުމުން އެމެރިކާގެ ރައީސް ޖޯ ބައިޑަން އަދި ނައިބު ރައީސް ކަމަލާ ހެރިސް އެމީހުންނާ މަރުހަބާ ކިޔައިފިވެއެވެ. އެމެރިކާއިން މިނިކުރެއްވި މީހުންނަށް މަރުހަބާ ކިޔުމަށް ރަޝިޔާގެ ރައިސް ވްލަދިމީރް ޕޫޓިން ވަޑައިގަންނަވާފައިވެއެވެ.
މި ބަދަލުކުރުން ހިނގާފައިވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާ އިން ޔުކްރެއިން އަށް އަރައިގަތުމާ ގުޅިގެން އުފެދުނު ހަލަބޮލި ގުޅުންތަކުގެ ތެރެއިންނެވެ.
ފުރަތަމަ މަޝްވަރާތަކުގައި ރަޝިޔާގެ އިދިކޮޅު ލީޑަރު އަލެކްސީ ނަވަލްނީ ހިމެނުމަށް ވިސްނުނު ނަމަވެސް، އޭނާ ފެބްރުއަރީ މަހު ނިޔާވުމާ ގުޅިގެން އެންމެ ފަހުން ވަނީ ފުޅާ އެއްބަސްވުމެއް އެކުލަވާލާފައެވެ. ޔޫރަޕުގެ ބައެއް އެކުވެރި ޤައުމުތަކުން ކުރި މުހިންމު ކޮންސެޝަންތަކުގެ ސަބަބުން ރަޝިޔާގެ އެކި ކުށްވެރިންނާއި، ނޫސްވެރިންނާއި، ޖާސޫސުންކަމަށް ތުހުމަތުކުރެވޭ މީހުންނާއި، ސިޔާސީ ބަންދުގައި ތިބި މީހުން މިނިވަންކުރުމަށް މަގުފަހިވިއެވެ.
ރައީސް ބައިޑަން މި ބަދަލުކުރުން ސިފަކުރެއްވީ މުހިންމު ޑިޕްލޮމެޓިކް ކާމިޔާބީއެއްގެ ގޮތުގައެވެ. ނަމަވެސް، މި އެއްބަސްވުމުން ހާމަވެގެންދަނީ މިފަދަ މަޝްވަރާތަކުގައި ހުންނަ ހަމަނުޖެހޭ ކަންކަމެވެ. އެއީ އެމެރިކާ އާއި އެ ގައުމުގެ އެކުވެރި ޤައުމުތަކުން ބޮޑެތި ކުށްތަކުގައި ކުށްވެރިވެފައިވާ ރަޝިޔާގެ މީހުން ދޫކޮށްލާފައިވާއިރު، ރަޝިޔާއިން ދޫކޮށްލާފައިވަނީ ހުޅަނގުގެ ފަރާތްތަކުން ދެކޭގޮތުގައި ސިޔާސީ ބޭނުމަށް ހައްޔަރުކޮށްފައި ތިބި މީހުންނެވެ