ދިވެހިރާއްޖޭގެ ފަޚުރުވެރި 59 އަހަރު ފުރޭ މިނިވަން ދުވަހުގެ މުނާސަބަތުގައި ސިފައިންގެ "މަގުމަތީ ހިނގާލުން" ހުޅުމާލޭ ފޭސް 1 ގައި ބާއްވައިފިއެވެ.

އެމްއެންޑީއެފުން ބުނީ އިއްޔެ ބޭއްވި މި މަގުމަތީ ހިނގާލުން ފަށާފައިވަނީ، ހަވީރު 16:15 ގައި ހުޅުމާލޭ ކޯސްޓްގާޑް އުޅަނދުފަހަރު ބަނދަރުކުރާ ސަރަހައްދުން ކަމަށެވެ. އަދި މި ހިނގާލުމުގެ ލަޝްކަރު ވަނީ ޖުމްލަ ތިން ތަނެއްގައި ހުއްޓައި، މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅެފައިވާ ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

މި ހިނގާލުން ނިންމާލާފައި ވަނީ ކަލާސީނުކޮށްޓަށެވެ.

މި ހިނގާލުން ބަލާލުމަށް ހުޅުމާލޭގެ މަގުތަކަށް ގިނަ ބަޔަކު ނިކުމެފައިވެއެވެ. ވަކިން ހާއްސަކޮށް ގިނަ އަދަދެއްގެ ތުއްތުކުދިން މަގުތަކަށް ނިކުމެ، ވަނީ މި ހިނގާލުން ބަލާފައެވެ