ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް “ލީޑަރސް ޓްރެއިނިންގ” ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.

ހިންނަވަރު ޕޮލިސް ސްޓޭޝަނާއި ޅ. އަތޮޅު ތައުލީމީ މަރުކަޒާއި ހިންނަވަރު ކައުންސިލު ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، ލީޑަރޝިޕް އެންޑް މެނޭޖްމަންޓް، ސްޓްރެސް މެނޭޖްމަންޓް، ޓައިމް މެނޭޖްމަންޓް އަދި ކޮމިއުނިކޭޝަން ސްކިލްސްއާ ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ. އަދި އިސްލާމީ ރިވެތި އަދަބުތަކާ ގުޅޭގޮތުން ވެސް މައުލޫމާތުދީފައިވެއެވެ.

މީގެއިތުރުން، ސްޓޫޑަންޓް ލީޑަރސްގެ ގަވާއިދު ދަރިވަރުންނާ ހިއްސާކޮށްފައިވެއެވެ. އަދި ސެލްފް ޑިފެންސް އެންޑް ސޮފްޓް ހޭންޑް ޓެކްނިކްސް އާއި ޓީމް ބިލްޑިންގ ހަރަކާތްތަކުގެ އިތުރުން ފަސްޓެއިޑް ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ޕްރޮގްރާމުގައި ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ 71 ދަރިވަރުން ބައިވެރިވިއެވެ.