"ހިންމަފުށި ފުޓްސަލް ޗެލެންޖް 2024" ސްޕޮންސަރ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
"ހިންމަފުށި ފުޓްސަލް ޗެލެންޖް 2024" ސްޕޮންސަރ ކުރަން 7 ކެޓަގަރީއެއް ވަނީ ހިމަނާފައެވެ. އެއީ:
- މެއިން ސްޕޮންސަރ: މެއިން ސްޕޮންސަރ ގޮތުގައި މުބާރާތް ސްޕޮންސަރ ކުރެވޭނީ 25,000 ރުފިޔަލުގެ ފީ އަކަށެވެ.
- ކޯ ސްޕޮންސަރ: ކޯ ސްޕޮންސަރ ގޮތުގައި މުބާރާތް ސްޕޮންސަރ ކުރެވޭނީ 15,000 ރުފިޔަލުގެ ފީ އަކަށެވެ.
- މީޑިއާ ޕާޓްނަރ: މުބާރާތުގެ މީޑިއާ ޕާޓްނަރުގެ ގޮތުގައި މަސައްކަތް ކުރެވޭނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އޮންލައިން ނޫސްތަކަށެވެ.
- ޓްރެވަލް ޕާޓްނަރ: މުބާރާތުގެ ޓްރެވެލް ޕާޓްނަރ ގޮތުގައި މަސައްކަތް ކުރެވޭނީ ހިންމަފުށީގައި ވިޔަފާރި ކުރާ ފަރާތްތަކަށެވެ.
- ކޭޓަރިންގ ޕާޓްނަރ: މުބާރާތުގެ ކޭޓަރިންގ ޕާޓްނަރ ގޮތުގައި މަސައްކަތް ކުރެވޭނީ ހިންމަފުށީގައި ކެއިން ބުއިމުގެ ހިދުމަތުގެ ވިޔަފާރި ކުރަމުންދާ ފަރާތްތަކަށެވެ.
- ޕްރިންޓިންގ އަދު ޓްރޮފީ ޕާޓްނަރ: މި މަސައްކަތް ކުރުމަށް ހުށައެޅޭނީ މިހާރު ވެސް މި ދާއިރާގައި ވިޔަފާރި ކުރަމުންދާ ފަރާތްތަކަށެވެ.
- އެހެނިހެން ސްޕޮންސަރސް: އެހެނިހެން ސްޕޮންސަރސްގެ ގޮތުގައި މުބާރާތް ސްޕޮންސާ ކުރެވެނީ 2,000 ރުފިޔަލުގެ ފީއަކަށެވެ.
ހިންމަފުށި ފުޓްސަލަ ޗެލެންޖް 2024 ސްޕޮންސަރ ކުރައްވަން ބޭނުންފުޅުވާނަމަ 15 އޮގަސްޓު ވާ ބުރާސްފަތު ދުވަހުގެ 13:00 ގެ ކުރިން އެ ރަށުގެ ކައުންސިލަށް ޕްރޮޕޯސަލް ހުށައެޅުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.