ގއ. ގެމަނަފުށީގެ ރަސްމީ ވޮލީކޯޓު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށުގެ ކައުންސިލުން އިއުލާނުކޮށްފިއެވެ.
ގެމަނަފުށި ކައުންސިލުން މި މަސައްކަތް ހުޅުވާލައިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ގެމަނަފުށީގެ ވޮލީކޯޓު މަރާމާތުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް 15 އޮގަސްޓް 2024 ގެ 10:00 ގެ ކުރިން [email protected] އަށް ސިޓީއަކުން އެކަން އެ ރަށުގެ ކައުންސިލަށް އެންގުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
މި މަސައްކަތުގެ ޕްރީބިޑް މީޓިންގ އޮންނާނީ 25 އޮގަސްޓް 2024 ގެ 10:00 ގައި ގެމަނަފުށި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަމުގައި ބައިވެރިވުމަށް އެދުނު ފަރާތްތަކަށް މީޓިންގައި ބައިވެރިވެވޭނެއެވެ. ޕްރީބިޑް މީޓިންގައި ބައިވެރިނުވި ނަމަވެސް ބިޑް ސަބްމިޓް ކުރެވޭނެކަމަށް އެ ރަށުގެ ކައުންސިލުން ވަނީ ނިންމާފައެވެ.
ގެމަނަފުށީގެ ރަސްމީ ވޮލީކޯޓު މަރާމާތުކުރުމުގެ މަސައްކަތަށް އެދި ބިޑް ހުށަހެޅުން އޮންނާނީ 01 ސެޕްޓެމްބަރ 2024 ގެ 10:00 ގައި ގެމަނަފުށި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
މި މަސައްކަތާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7916609 އަށް ގުޅުއްވުމަށް ގެމަނަފުށި ކައުންސިލް އިދާރާއިން ވަނީ އެދިފައެވެ.