ފުވައްމުލަކު ސިޓީގައި މިހާރު ކުރިއަށްދާ "ރައްކާ ރޯޑް ޝޯވ 2024" ގެ ދަށުން، ފުވައްމުލަކު ސިޓީގެ ސްކޫލު ދަރިވަރުންނަށް މައުލޫމާތުދިނުމުގެ ދެވަނަ ސެޝަން ބާއްވައިފިއެވެ.

އިއްޔެ ކުރިއަށްގެންދިޔަ މި ސެޝަނުގައި މައުލޫމާތުދީފައި ވަނީ ފުވައްމުލަކު ސްކޫލާއި މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންނަށެވެ. މި ސެޝަނުގައި ޖުމުލަ 752 ދަރިވަރުން ބައިވެރިވިއެވެ. މީގެ ތެރޭގައި ހިމެނެނީ ފުވައްމުލަކު ސްކޫލުގެ 6 އަދި 7 ވަނަ ގްރޭޑުގެ 33 ދަރިވަރުންނާއި، މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ ގްރޭޑު 1 އިން ގްރޭޑް 10 އަކަށް ކިޔަވާ 719 ދަރިވަރުންނެވެ.

މައުލޫމާތު ދިނުމުގެ މި ސެޝަނަކީ ދަރިވަރުންގެ މެދުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން "ރައްކާ ރޯޑް ޝޯވ 2024" ގެ ތެރެއިން ކުރިއަށްގެންދެވުނު ސެޝަނެކެވެ.

މި ސެޝަނުގައި، މަގުމަތީގެ ގަވާއިދުތަކާއި، ދަރިވަރުން މަގުމަތީގައި އުޅޭއިރުއަމިއްލަ ނަފުސާއި މީހުންގެ ސަލާމަތަށް ރައްކާތެރިވުމަށްޓަކައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދީފައިވެއެވެ. މީގެއިތުރުން، މަގުމަތީގެ އަދަބުތަކާއި، މަގުމަތީގައި ބޭނުންކުރާ އެކިއެކި ނިޝާންތަކާއި އެ ނިޝާންތަކުގެ މަގުސަދުތަކާ ބެހޭ މުހިންމު މައުލޫމާތު ވެސް ވަނީ ހިއްސާކޮށްފައެވެ.

.