ސްޕެއިން ގައުމީ ޓީމުގެ ހުނަރުވެރި މިޑްފީޑަރު ޑަނީ އޮލްމޯ، 60 މިލިޔަން ޑޮލަރުގެ ޓްރާންފާ ފީއަކަށް ބާސެލޯނާއަށް ވިއްކާލުމަށް އޭނާ ކުޅެމުން އަންނަ ލައިޕްޒީގުން އެއްބަސްވެއްޖެއެވެ.

އޮލްމޯގެ ގަތުމަށް ލައިޕްޒީގާއެކު އެއްބަސްވުމަށް އާދެވިފައިވާކަން ބާސެލޯނާއެކު ސްޕޯޓިންގ ޑިރެކްޓަރ ޑެކޯއާ ހަވާލާދީ ފުޓްބޯޅައިގެ ޚަބަރުތައް ގެނެސްދިނުމަށް މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

"އޮލްމޯ އެބަސްވެފައި ވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް ބާސެލޯނާއަށް ކުޅެދިނުމަށް" ރޮމާނޯ ކުރި "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

ބާސެލޯނާއިން ދަނީ އޮލްމޯގެ އިތުރުން ސްޕެއިން ގައުމީ ޓީމުގެ ނުރައްކާތެރި ވިންގަރ ނިކޯ ވިލިއަމްސް ގަތުމަށްވެސް މަސައްކަތް ކުރަމުންނެވެ. އެކަމަކު ނިކޯ ގަތުމުގެ މަޝްވަރާތަކުގައި އެއްބަސްވުމަކަށް އަދި އާދެވިފައެއް ނުވެއެވެ.