ރ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 76 ޕަސެންޓް ނިމިއްޖެ ކަމަށް އެ މަސައްކަތް ކުރަމުންދާ ކުންފުނި ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މީގެއިތުރުން އެމްޓީސީސީން ބިންހިއްކުމާއި ފަސްގަނޑު ކޮމްޕެކްޓް ކުރުމުގެ މަސައްކަތުގެ 75 ޕަސެންޓްވެސް ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން، 19,789 ކިއުބިކް މީޓަރުގެ ބިންހިއްކުމާއި، 650 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ 11.4 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.