ފުވައްމުލައް ސިޓީގައި މިހާރު ކުރިއަށް ގެންދާ ރައްކާ ރޯޑް ޝޯވ 2024 ގެ ދަށުން، ޏ. އަތޮޅު ތައުލީމީ މަރުކަޒާއި މުޙައްމަދު ޖަމާލުއްދީން ސްކޫލް އަދި ފުވައްމުލަކު ސްކޫލުގެ ބެލެނިވެރިންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތުދީފިއެވެ.
ފުލުހުން ބުނީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުން ކުރިއަށް ގެންދިޔަ މި ސެޝަނުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވާކަމަށެވެ.
އަދި އާއްމުކޮށް ދިމާވާ ޓްރެފިކް މައްސަލަތަކާއި އެކްސިޑެންޓުތައް ހިނގަން މެދުވެރިވާ ސަބަބުތައް ހިއްސާކޮށްފައިވެއެވެ. އޭގެ އިތުރުން، އެކްސިޑެންޓުތަކުން ރައްކާތެރިވުމަށް ކުރެވިދާނެކަންކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި އޮގަސްޓު މަހުގެ 5 އިން 6 އަށް ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި ހާފިޒް އަޙްމަދު ސްކޫލުގެ 170 ބެލެނިވެރިންނާއި މުޙައްމަދު ޖަމާލުއްދީ ސްކޫލުގެ 180 އަދި ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ 88 ބެލެނިވެރިން ބައިވެރިވިއެވެ.
މި އޮގަސްޓު މަހުގެ 3 އިން 18 އަށް ފުވައްމުލަކު ސިޓީގައި ކުރިއަށްގެންދާ ''ރައްކާ ރޯޑް ޝޯވ 2024'' ގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައުލޫމާތުދިނުމުގެ އިތުރުން ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދެއެވެ