ނ. ވެލިދޫ ޖޫނިއަރ ކޮލެޖް އިމާރާތް ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރު ފާރުގެ މޭސަނަރީ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ އެތެރެ ފާރުގެ މޭސަނަރީ މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 10,276 އަަކަ ފޫޓުގެ އެއް ފަންގިފިލާ ހިމެނޭ އިމާރާތެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މި އިމާރާތުގެ ތެރޭގައި 2 ކްލާސް ރޫމާއި، 1 އައިސީޓީ ލެބާއި، 1 ލައިބްރަރީއާއި 2 ވޯރކްޝޮޕް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މި މަޝްރޫއަކީ 11.91 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.