ހިޔާ ފްލެޓްތަކުގެ ވައި ގޮޅިއަށް ފެން ފައިބާ މައްސަލަ ހައްލުކުރަން ކުރާ މަސައްކަތުގެ މައުލޫމާތު އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށަން ހަމަޖެހިފައިވާ ކަމަށް އެ މަސައްކަތްކުރާ ކުންފުނި، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

އެޗްޑީސީން މިހެން ބުނެފައިވަނީ އެ ކޯޕަރޭޝަނުން ރޭ އެކްސްގައި ކޮށްފައިވާ އިއުލާނެއްގައެވެ.

އެ އިއުލާނުގައި އެޗްޑީސީން ބުނީ ހިޔާ 7000 މަޝްރޫއުގެ ފްލެޓްތަކުގެ އޭސީން ފެން ބޭރުވާ ހޮޅިތައް ގުޅާފައިވާ މައި ހޮޅިއަށް ބައެއް ފްލެޓްތަކުން ހޮޅި ގުޅާފައި ނުވުމުގެ ސަބަބުން ވައިގޮޅިއަށް ފެން ބޭރުވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

އަދި އެ މައްސަލަ ރަނގަޅު ކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކުރަން ހަމަޖެހިފައިވާ ކަމަށާއި ފޯރުކޮށްދިނުމަށް ފްލެޓްތަކަށް އެ ކޯޕަރޭޝަންގެ މުވައްޒަފުން 11 އޯގަސްޓް ވާ އާދީއްތަ ދުވަހުން ފެށިގެން ޒިޔާރަތް ކުރަމުންދާނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

ހަމައެއާއެކު އެ ކޯޕަރޭޝަނުން ވަނީ އެ މަސައްކަތަށް ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ އެއްބާރުލުން ދިނުމަށްވެސް އެދިފައެވެ.