ރާއްޖޭގެ މޫސުން ގޯސްވެ ދެކުނުގެ ބައެއް އަތޮޅުތަކަށް، މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާރވިސް(މެޓް)އިން ހުދު ސަމާލު ނެރެފިއެވެ.

މެޓުން މި ހުދު ސަމާލު ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން ސ. އަތޮޅާ ހަމައަށެވެ.

މި ހުދުސަމާލު ނެރެފައިވަނީ މިއަދު މެންދުރު 14:30 އާ ހަމައަށެވެ.

މެޓުން ބުނީ މިވަގުތުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

މީގެއިތުރުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓުން ލަފާކޮށްފައިވެއެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 6 ފޫޓާ ދެމެދުގައި ކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވެއެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ދުވަސްވަރެކެވެ.

އިތުރު ލިޔުންތައް މެޓް އޮފީސް