ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ އެގްޒެކްޓިވް ޑައިރެކްޓަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަބްދުއްރަޙްމާން، މޯލްޑިވްސް ނެޝަނަލް ޑީފެންސް ފޯސަސް (އެމްއެންޑީއެފް)ގެ ސަދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒްއަށް ޒިޔާރަތްކުރައްވައިފިއެވެ.

އޮގަސްޓު 7 (އިއްޔެ) ބޭއްވުނު މި ބައްދަލުވުމުގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ އިސްވެރިން ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ޖަމްޝާދުއާ ބައްދަލުކުރައްވާފައެވެ. އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒްގައި ބޭއްވި މި ބައްދަލުވުމުގައި، ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމާއި، ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އިބްރާހީމް ޙަލީމްގެ އިތުރުން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ އިނީޝަލް ޓްރެއިނިންގެ ޗީފް އިންސްޕެޓަރ އޮފް ޕޮލިސް ޢަބަދުﷲ އިބްރާހީމްއާއި އެ ކޮލެޖުގެ ހެޑް އޮފް ފެސިލިޓީސް މެނޭޖްމެންޓް، ޗީފް އިންސްޕެޓަރ އޮފް ޕޮލިސް އިބްރާހީމް ނަޢީމް ބައިވެރިވެލެއްވިއެވެ.