ރާއްޖޭގެ ތަޖުރިބާކާރު ވިޔަފާރިވެރީންގެ ތެރޭގައި ހިމެނޭ މޫސާ މުހައްމަދުފުޅު (ހުވަނދުމާ މޫސާފުޅު) އަވަހާރަވެއްޖެއެވެ.

މޫސާފުޅާ އަވަހާރަވީއިރު އުމުރުފުޅަކީ 82 އަހަރެވެ.

ރައީސް ވަނީ މޫސާ މުޙައްމަދުފުޅު (ހުވަނދުމާ މޫސާފުޅު) އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، މަރުޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ޢާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވާފައެވެ.

މޫސާފުޅުގެ މޫނުދެއްކުން ކުރިއަށް ދަނީ ހެނދުނު 8 ފެށިގްން އިސްލާމީ މަރުކަޒުގައެވެ. ރައީސް މުއިއްޒު ވަނީ މޫސާފުޅުގެ މޫނު ދެކެވަޑައިގަތުމަށް އިސްލާމީ މަރުކަޒަށްވެސް ވަޑައިގެންފައެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ފޮއްޗާއި، ފޭރާން އަދި ސްކޫލް ކުދިންގެ ޔުނީފޯމު ވިއްކާ ފިހާރަ ކަމަށްވާ "ހުދުމާ" ފިހާރައަކީ މޫސާފުޅުގެ ވިޔަފާރިއެކެވެ.

ހުދުމާ އަކީ ދިވެހިރާއްޖޭގައި ފޮތި، ފޭރާން އަދި ސްކޫލް ޔުނީފޯމު ވިއްކުމުގައި އެންމެ ފުޅާ ދާއިރާއެއްގައި ޚިދުމަތް ފޯރުކޮށްދޭ ފިހާރައެކެވެ. މި ކާމިޔާބު ވިޔަފާރީގެ ވެރިފަރާތަކީ މޫސާ މުޙައްމަދުފުޅެވެ. މޫސާފުޅުގެ ހުދުމާއަކީ ފެންވަރު ރަނގަޅު އަދި އަގުހެޔޮ މުދާ ވިއްކުމުގައި ޝުހުރަތު ލިބިފައިވާ ވިޔަފާރިއެކެވެ.