މޫސުން ގޯސްވެ، ބައެއް އަތޮޅުތަކަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާރވިސް(މެޓް)އިން ހުދު ސަމާލު ނެރެފިއެވެ. މެޓުން މި ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ.

މީގެއިތުރުން މި ހުދުސަމާލު ނެރެފައިވަނީ މިއަދު ހަވީރު 18:00 އާ ހަމައަށެވެ.

މިވަގުތުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓުން ލަފާކުރައްވައެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާ ދުވަސްވަރެކެވެ. އަދި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން، މޫސުމާބެހޭ އިދާރާއިން ވަނީ ރާއްޖޭގެ ބައެއް ސަރަހައްދުގައި އާންމު ގޮތެއްގައި ބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރައްވާފައެވެ.