މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހޯދަނީ މުހައްމަދު ހަމްދާން، ކ. ތުލުސްދޫ / ވައިޓްރޯސް (38އ) އެވެ.

ފޮޓޯ އާންމުކޮށް ފުލުހުން ކުރި މި އިއުލާންވަނީ ހަމްދާން ހޯދަނީ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ، މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ކަމަށާއި ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީކަމަށެވެ.

ފުލުހުންގެ އިއުލާންގައި ވާގޮތުގައި ހަމްދާން ހާޒުވާން ޖެހޭނީ މިމަހު 18 ވަނަ ދުވަހު، ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށެވެ.