މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާރވިސް(މެޓް)އިން، ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މެޓުން މި ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ގދ. ސިޓީއަށެވެ.

މެޓު އޮފީހުން ބުނީ މި ސަމާލުގެ ވަގުތުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓުން ލަފާކުރައްވައެވެ. އަދި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް އިދާރާއިން ބުނެފައިވެއެވެ.

މި ސަމާލުގެ މުއްދަތު ހަމަވާނީ މިއަދު ހެނދުނު 9:00 އަށެވެ.

މި ދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯވެސް ވިއްސާރަވާ ދުވަސްވަރެކެވެ. އެހެންކަމުން ވިއްސާރަ ދުވަސްވަރު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ގެންދަނީ އިލްތިމާސް ކުރަމުން