އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންނަށް ޒަކާތަށް ހޭލުންތެރިކުރުމުގެ ގޮތުން މަޢުލޫމާތު ދިނުމުގެ ދަންފަޅިއެއް ބާއްވައިފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ހޮނިހިރު ދުވަހު ބޭއްވި މި ދަންފަޅީގައި އެ ސްކޫލްގެ ގުރޭޑު 7-9ގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. ޒަކާތާ ގުޅޭ ގޮތުން މަޢުލޫމާތުދެއްވީ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިއްޒައްދީން އަދުނާނާއި އައްޝައިޚް މުޙައްމަދު ނައުޝީރާއި އައްޝައިޚް މޫސާ މުޢިއްޒާއި އަލްފާޟިލް ޢަބްދުﷲ ޢަލީއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް އެޑިއުކޭޝަން އެންޑް އެވެއަރނެސް ޔުނިޓް އަދި ޒަކާތު ހައުސް ގުޅިގެން ކޮންމެ ހޮނިހިރު ދުވަހެއްގައި ވެސް އިސްލާމީ ރިސާލަތާއި ޒަކާތާ ބެހޭ ގޮތުން ހޭލުންތެރިކުރުމުގެ ދަންފަޅިތަކެއް މަދަރުސާ ކުދީންނަށް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.