ކަނޑުމަހާއި ފަރުމަހުގެ ބާވަތްތައް ވިއްކުމުގައި ކުރިއަރަމުން އަންނަ "މަސްފިލާ" ގެ ވެކިއުމް ޕެކްޑް ކަނޑުމަހާއި ކަރީކަޓް ފަރުމަސް އަދި ބަނޑައިދޫ ޕެކެޓް ސަރުނާ މާޓުން ވިއްކަން ފަށައިފިއެވެ.

ވިއްސާރަ މިދުވަސްވަރު، މަސް މާރުކޭޓަށް މަސްގަންނަން ދިޔުމަށް ރިސްކު ނެގުމުގެ ބޭނުމެއް ނެތެވެ. ސަރުނާ މާޓަށް ޒިޔާރަތް ކޮށްލައިގެން ނުވަތަ މަސްފިލާއަށް އޯޑަރު ކޮށްލައިގެން ކަނޑުމަހާއި ފަރުމަހުގެ ބާވަތްތައް ބަދިގެއާ ހަމައަށް ގެނެވިދާނެއެވެ. ކަނޑުމަސް ޕެކް ކޮށްފައި ހުރީ ކަށިން ނައްޓައި ކިނބަ ވަކިކޮށްފައެވެ. ކަރީކަޓް ( ރިހަޔަށް ކޮށާފައި) ޕެކްތައް ހުރީ ވަގުތުން ކައްކާލެވޭ ގޮތަށެވެ. މަސްފިހެލަން ބޭނުންވާނަމަ މަސް އެހުރީ ހުޅުނބުޖަހައި ޅިޔައަޅައި ނިންމައިދީފައެވެ. "ބިޒީ" މި މާލޭގައި ބޮޑުތަނުން ކަސްޓަމަރަށް ވަގުތު ސަލާމަތްކޮށްދީ ހައްޓަށް ލުއިވާނެ ހުރިހާ ގޮތެއް ހަދައި ދީފައެވެ.

ކަނޑުމަހާއި ކަރީކަޓް ގެނެސްދީފައި ސަރުނާ މާޓާއި މަސްފިލާއިން އަދި ނިންމާލީކީ ނޫނެވެ.

ފަރުމަހު ބޯ ކެއުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތުވެސް ސަރުނާ މާޓުން މިވަނީ މަސްފިލާއާ ގުޅިގެން ކަސްޓަމަރުންނަށް ފަހި ކޮށްދީފައެވެ. މީގެ އިތުރުން މަސްފިލާގެ ދޮންބިސް ޕެކްޓުވެސް ސަރުނާމާޓުން މިހާރު ލިބެން ހުންނާނެއެެވެ.

ސަރުނާ މާޓް ހުންނާނީ އަލިކިލެގެފާނު މަގު ދެކުނު ކޮޅުގައެވެ. ސަރުނާ މާޓުގެ 9500031 ނަންބަރާ ގުޅައި ޑެލިވަރީގެ ހިދުމަތްތަކާއި މަހުގެ އުފެއްދުންތަކުގެ އިތުރު މައުލޫމާތު ހޯއްދެެވިދާނެއެވެ. މަސްފިލާއާ ގުޅާލަން ބޭނުންވެލައްވާނަމަ 7354000 ނުވަތަ 7346006 އަށް މެސެޖް ކޮށްލައްވާށެވެ.