ލޭންޑިންގ ކްރާފްޓެއް، ރީތި ބީޗް ރިސޯޓްގެ އިރުދެކުނުގައި އޮތް ފަރަކަށް އެރުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، "ސީ ޕްރޯ ލޭންޑިންގ ކްރާފްޓް" ނަމަކަށްކިޔާ ލޭންޑިންގ ކްރާފްޓެއް އުރި ދިޔަވަމުންދާތީ އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށާއި، އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ ރޭ 2:59 ހާއިރުކަމަށެވެ.

އެމްއެންޑީއެފުން ބުނީ، އެ ލޭންޑިންގ ކަރާފްޓްގައި ތިބީ ދެ ދިވެހިންނާއި ތިން ބިދޭސީންނާއެކު ޖުމްލަ ފަސް މީހުން ކަމަށާއި، ކޯސްޓް ގާޑުގެ ޑައިވަރުން ގެ އިތުރުން ލޭންޑިންގ ކްރާފްޓްގެ ވެރިފަރާތުން ހަމަޖެއްސި އުޅަނދެއް ވެސް ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.