ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2024 މި އަންނަ އޮގަސްޓު މަހު ފެށުމަށް ތާވަލުކޮށްފިއެވެ.
ޓޭބަލް ޓެނި އެސޯސިއޭޝަނުން ހާމަކުރި ގޮތުގައި މި މުބާރާތް ކުރިއަށް ދާނީ 25 އޮގަސްޓުން ފެށިގެން 30 އޮގަސްޓާ ހަމައަށެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެކި އުމުރުފުރާތަކަށާއި ކެޓަގަރީތަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ:
- 13 އަހަރުން ދަށް (ސިންގްލްސް)
- 15 އަހަރުން ދަށް (ސިންގަލްސް އަދި ޑަބަލްސް)
- 17 އަހަރުން ދަށް (ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް)
- 19 އަހަރުން ދަށް (ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް)
- 1 ވަނަ ޑިވިޝަން (ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް)
- 2 ވަނަ ޑިވިޝަން (ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް)
- ވެޓަރަންސް (ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް)
އޮގަސްޓު މަހު ފަށާ މި ޓޭބަލްސް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމުގެ ފުރުސަތު އެ އެސޯސިއޭޝަނުން ވަނީ މިހާރު ހުޅުވާލައިފައެވެ. އެ އެސޯސިއޭޝަނުން ވަނީ, މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 21 އޮގަސްޓު ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގެ ޕްރޮސްޕެކްޓަސް އާއި އެއްކަރުދާސް ކުރެވިފައިވާ އެންޓްރީ ފޯރމް ފުރިހަމަ ކުރުމަށްފަހު އައިޑީކާޑު ކޮޕީ އާއިއެކު އެ އެސޯސިއޭޝަނަށް ހުށައެޅުމަށް އެދިފައެވެ.
މުބާރާތާ ބެހޭ އިތުރު މަޢުލުމާތު ބޭނުންފުޅުވެލައްވާނަމަ 7778722 7779140 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ޓޭބަލްސް ޓެނިސް އެސޯސިއޭޝަނުން ވަނީ އެދިފައެވެ.