މިއަދު މެންދުރު 13:00 އިން ފެށިގެން ހަވީރު 17:00 އަށް ހއ.އަތޮޅުން ފެށިގެން އދ. އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.
މެޓުން ހާމަކުރައްވާ ގޮތުގައި މިވަގުތު ތަކުގައި ގުގުރާ، ބޯކޮށް ވާރޭވެހި ގަޑިޔަކު 30-35 ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިޔަކު 50 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ހާމަކުރައްވައެވެ.
މީގެ އިތުރުން ލ. އަތޮޅުން ފެށިގެން އައްޑު އަތޮޅަށް މެޓް އޮފީހުން ވަނީ ހުދު ސަމާލު ނެރެފައެވެ. އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި ވިލާގަޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާ ކުރެވޭކަމަށް މެޓު އޮފީހުން ބުނެ އެވެ.
މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުކުރާ އުޅަނދުފަހަރުން ހާއްސަ ސަމާލުކަމެއް ބެހެއްޓުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.