ވައިބާ ހެކްކޮށް, ރައްޓެހިންނާއި އާއިލާ މީހުން އަތުން ފައިސާ ހޯދާ މައްސަލަތަކަށް ސަމާލުވުމަށް ފުލުހުން އަނެއްކާވެސް އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިހެން އިލްތިމާސްކޮށްފައިވަނީ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
ފުލުހުން ބުނިގޮތުގައި ނަންބަރުތަކުން ގުޅާ އޯޓީފީ ހޯދައިގެން ވައިބާ ހެކްކުރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.
އަދި ފޯނަށް އަންނަ ވެރިޕިކޭޝަން ކޯޑު އެއްވެސް ހާލަތެއްގައި އެހެން ފަރާތަކަށް ހިއްސާނުކުރުމަށާއި އަދި ފައިސާ ފޮނުވުމުގެ ކުރިން ކާކުކަން ޔަގީން ކުރުމަށްފަހު ފައިސާގެ މުއާމަލާތްކުރުމަށެވެ.
މީގެއިތުރުން ފުލުހުން ވަނީ އެފަދަ ކަމެއް ފާހަގަކުރެެއްވިއްޖެނަމަ ލަސްނުކޮށް ރިޕޯޓްކުރަންވެސް އެދިފައެވެ.