އައިޖީއެމްއެޗަށް ނިސްބަތްވާ ނަރުހަކާ ގުޅޭ މަސްތުވާތަކެތީގެ މައްސަލައެއް ބަލައި ތަހުގީގު ކުރަން ފަށައިފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ އެ ފަރާތުގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މީގެ ދެ ހަފްތާ ކުރިން ހުށަހަޅާފައިވާ މައްސަލައެކެވެ.
އެގޮތުން ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަނީ ނަރުހަކު މަސްތުވާތަކެތި ބޭނުން ކުރުމުގެ ތުހުމަތުގައި ކަމަށެވެ. ނަމަވެސް، މިހާތަނަށް މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.