ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ރަސްމީ ދަތުރެއްގައި ޗައިނާއަށް ރޭ ފުރާވަޑައިގެންފިއެވެ.

އެ އިދާރާއިން މިކަން ހާމަކޮށްފައިވަނީ އެކްސްގައި ކޮށްފައިވާ ޕޯސްޓަކުންނެވެ.

އެ ޕޯސްޓްގައި އިދާރާއިން ބުނެފައިވަނީ މަޖިލީހުގެ ރައީސް ޗައިނާއަށް ވަޑައިގަންނަވަނީ 2024 އިންޓާ ރީޖަނަލް ސެމިނާ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯ ޕާލަމެންޓްސް އޮފް ޑެވެލޮޕިން ކަންޓްރީސް ގައި ބައިވެރިވެ ވަޑައިގަތުމަށް ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުން އެމަނިކުފާނުގެ މި ދަތުރަކީ މި މަހުގެ 18 އިން 23 އަށް ކުރައްވާ ދަތުރެކެވެ.

އަދި މި ދަތުރުގައި އެމަނިކުފާނުގެ އަރިހުގައި ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހިމް ޝުޖާއު އާއި ހުޅުދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު މުހައްމަދު ޝާހިދާ ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޑެޕިއުޓީ ޕީޖީ ލީޑަރު މުހައްމަދު އިސްމާއިލް ބައިވެރިވެވަޑައިގަންނަވައެވެ.