ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑަށް ޑިރެކްޓަރުން ހޮވައި، ޗެއާޕާސަނަކަށް ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ އަހްމަދު އަލީ ހަބީބު، ނޫވިލާގެއައްޑޫ ހިތަދޫ އައްޔަންކޮށްފިއެވެ. ބީއެމްއެލްގެ ބޯޑު އެކުލަވާލީ މިއަދު އެ ބޭންކުންގެ ހާއްސަ، އާންމު ޖަލްސާގައެވެ.
ބީއެމްއެލްގެ ޗެއާޕާސަން ކަމަށް އޭނާ މިއަދު އައްޔަންކުރީ ވަޒީރުންގެ ފެންވަރުގައެވެ.
ބީއެމްއެލުން ބުނީ ހަބީބްގެ އިތުރުން އަލީ އިރުފާނާއި މުހައްމަދު ޝާހިދު އެ ބޯޑުގެ ޑިރެކްޓަރުންގެ ގޮތުގައި އަންޔަންކޮށްފައިވާ ކަމަށެވެ. ފިނޭންސް މިނިސްޓްރީގެ ޕަބްލިކް ފައިނޭންސް މޮޑަނައިޒޭޝަން އެންޑް ރިފޯމް ޕްރޮޖެކްޓްގެ ޑިރެކްޓަރުގެ މަގާމް ފުރުއްވަމުން ގެންދަވާ އިރުފާން ވަނީ އިނގިރޭސިވިލާތުގެ ހެރިއޮޓް-ވަޓް ޔުނިވާސިޓީން އެކައުންޓިން އާއި ފިނޭންސްގެ ދާއިރާއިން ބެޗެލާސް ހާސިލްކުރައްވައި، ހަމަ އެ ގައުމުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އިންގްލޭންޑުން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައެވެ.
މީގެއިތުރުން ޝާހިދު ވަނީ މީގެ ކުރިން ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރުކަމާއި މީރާގެ ބޯޑުގެ ސެކްރެޓަރީކަން ކުރެއްވި ޝާހިދު ވަނީ އިނގިރޭސިވިލާތުގެ އީސްޓް ލަންޑަން ޔުނިވާސިޓީން އެކައުންޓިން އާއި ފިނޭންސްގެ ދާއިރާއިން ބެޗެލާސް ހާސިލް ކުރެއްވުމުގެ އިތުރުން މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް ކުރައްވައިފައެވެ.
ހަބީބާއި ޝާހިދާއި އިރުފާންގެ އިތުރުން، ސަރުކާރުގެ ފަރާތުން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވަނީ
- އަލީ ފާރިސް މުހައްމަދު، ގ. ސިނަމާލެ 3 35-04 / މާލެ
- އާދިލް މޫސާ، ފެންއާރު / ބ. އޭދަފުށިޑރ. މަރްޔަމް ސުޒީ އާދަމް، މ. އެމޭޒަން / މާލެ
އަދި އާންމު ހިއްސާދާރުންގެ ފަރާތުން ބީއެމްއެލްގެ ބޯޑަށް އިންތިހާބުކުރި ޑިރެކްޓަރުންނަކީ އަބްދުالله ނަސީމް، ކަރަންކާ ވިލާ / ހއ. ފިއްލަދޫއާއި މޫސާ ރަޝީދު، މ. ގަސީމްއާއި އަދި ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝީންއެވެ.
ބީއެމްއެލްގެ ބޯޑުގައި ތިއްބެވި ބޯޑު ޑިރެކްޓަރުންގެ ތެރެއިން ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ބޯޑު މެންބަރުކަމުން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 27 ގައެވެ.
.