ދިޔަވަރު ބޮޑުވާ ވަގުތުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުވެސް އުދަ އަރާނެ ކަމަށް ލަފާކޮށް ހުރިހާ ފަރާތް ތަކުން ވެސް އެ ކަމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކޮށްފިއެވެ.

ރާއްޖޭގެ މިއަދުގެ މޫސުން ލަފާކުރައްވާ މެޓުން އިތުރަށް ބުނީ އެކި ހިސާބުތަކަށް މިއަދުވެސް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށެވެ.

އަދި ހުޅަނގާއި ހުޅަނގު އުތުރުން ، ދެކުނު އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށްވެސް މެޓުން ބުންޏެވެ.

މީގެއިތުރުން އުތުރާއި މެދުރާއްޖެ ތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދަށް ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ބުނެފައިވެއެވެ.