ފާއިތުވި ސައުވީސް ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ ލ.ކައްދޫއަށް ކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން ހާމަކޮށްފިއެވެ.

މެޓުން ހާމަކުރި ގޮތުގައި އިއްޔެ އެންމެ ގިނައިން ވާރޭވެހުނީ މެ ރާއްޖޭތެރެއާއިއުތުރުގެ ސަރަހައްދުތަކަށެވެ.

އެ އިދާރާއިގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް އެންމެ ގިނައިން ވާރޭވެހުނީ ލ. ކައްދޫއަށް ކަމަށާއި އެ ރަށަށް ވެހުނީ 34.8 މިލިމީޓަރުގެ ވާރޭ ކަމަށް ބުނެފައިވެއެވެ.

އަދި ދެވަނައަށް އެންމެ ގިނައިން ވާރޭވެހުނީ ބ.ދަރަވަންދޫއަށެވެ. އެރަށް ވެހުނީ 25.5 މިލިމީޓަރުގެ ވާރޭއެވެ. ތިންވަނައަށް އެންމެ ގިނައިން ވާރޭވެހުނު ދެރަށަކީ ވ. ރަކީދޫ އާއި އދ. މާމިގިލިއަށެވެ. މި ދެރަށްވެސް ވެހުނީ 25.0 މިލިމީޓަރުގެ ވާރޭއެވެ.

މިއަދު ހެނދުނުވެސް މެޓުންވަނީ މި ދެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރުމުގެއިތުރުން ބާރުމިނުގައި ވައި ޖެހި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައެވެ.

މޫސުން ގޯސްވުމާ ގުޅިގެން ދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އިދާރާއިން އިރުޝާދު ދީފައިވެއެވެ.