އެމްޕޮކްސް ރާއްޖެއަށް އައުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަނެ އެ ބައްޔަށް ވާންޖެހޭ ތައްޔާރީތައް މިނިސްޓްރީ އޮފް ހެލްތާއި އެޗްޕީއޭ އިން ވާން ފަށައިފިއެވެ.

މިގޮތުން މިހާރު އެޗްޕީއޭއިން ދަނީ އެމްޕޮކްސް ކޮންޓްރޯލް ކުރުމާއި މި ބައްޔަށް ޓެސްޓުކުރުމަށް ތައްޔާރު ވަމުންނެވެ. އަދި ބައްޔަށް ސިއްހީ ހިދުމަތްތެރިން އަހުލުވެރި ކުރުމާއި ސާވެއިލެންސް ހަރުދަނާ ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

އެމްޕޮކްސް މިހާރު ހަލުވިކަމާއެކު ފެތުރެމުންދަނީ ޑިމޮކްރެޓިން ރިޕަބްލިކް އޮފް ކޮންގޯ އާއި އެފްރިކާގެ ބައެއް ގައުމުތަކުގައެވެ. 2022 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް 116 ގައުމަކުން މި ބަލީގެ 99000 އަށްވުރެ ގިނަ ކޭސްތައް ވަނީ ފެށިފައެވެ.

އެމްޕޮކްސްއަކީ ބައިނަލްއަގްވާނީ ފެންވަރުގައި ކަންބޮޑުވާންޖެހޭ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމުގައި މި މަހުގެ 14 ވަނަ ދުވަހުގެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފައެވެ. އަދި އެ ހާލަތު އިއުލާންކޮށްފައިވަނީ މި ބައްޔަކީ ކުރިން އެފްރިކާގެ ގައުމުތަކުގައި އޮތް ބައްޔަކަށް ވީ ނަމަވެސް މިހާރު މި ބަލީގެ އާ ސްޓްރެއިންއެއް ފެނި އެހެން ގައުމުތަަކަށް ބަލި ފެތުރެމުންދާތީ އެވެ.