އާޓިފިޝަލް އިންޓެލިގެންސް (އޭއައި) ގެ ޒަމާނުގައި އަންހެނުންގެ ލީޑާރޝިޕާ ބެހޭ ބައްދަލުވުމެއްގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކްލިސް ޑިވެލޮޕްމަންޓް، ޑރ. މަރްޔަމް މާރިޔާ ބައިވެރިވެ ވަޑައިގެންފިއެވެ.

ޗައިނާގައި ބޭއްވި "ރައުންޑް ޓޭބަލް އޮން ވިމެންސް ލީޑަރޝިޕް އިން ދަ އޭޖް އޮފް އޭއައި"ގައި އެކަމަނާ ބައިވެރިވެވަޑައިނެވީ ޝަރަފުވެރި ޕެނަލިސްޓެއްގެ ހައިސިއްޔަތުންނެވެ. މި ބައްދަލުވުމުގައި ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް (ސްޓެމް) ދާއިރާތަކުގައި އަންހެންކުދިންނާއި، އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން ޕެނަލްގައި ބައިވެރިވި ފަރާތްތަކުން ސްޓެމް ދާއިރާތަކުގައި އަންހެނުން ބައިވެރިވާ މިންވަރު އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ސުނާއީ ވިސްނުން( އޭއައި) މާއި ޓެކްނޮލޮޖީން ކުރިއަރަމުންދާ ދުނިޔޭގައި އަންހެނުން އިސް ދައުރެއް އަދާކުރާކަން ކަށަވަރުކުރުމަށް އަމާޒުކޮށްގެން އެކަށީގެންވާ އެހީތެރިކަމާއި، މަގުދެއްކުމާއި، އަދި ސިޔާސަތުތައް އެކުލަވާލުމުގެ މުހިންމުކަން ޚާއްޞަކޮށް ފާހަގަކުރެއްވިއެވެ.