މުޑުދާރު ކަމުގެ އިންތިހާގައި ފުވައް ކޮށައި، ހޮޓާ އަދި ރެސްޓޯރަންޓްތަކަށް ސަޕްލައި ކުރަމުންދިޔަ ބިދޭސީންތަކެއް އަތުލައިގަނެ އިމިގްރޭޝަން ބެލެމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލުން ހިއްސާކުރި މައުލޫމާތާ ގުޅިގެން އިއްޔެ ހިންގި ރެއިޑެއްގައި މ. ރީތި އޯކިޑްގެ ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އިމިގްރޭޝަނުން އާންމުކުރި ފޮޓޯތަކުން ފެންނަނީ ވަރަށް މުޑުދާރުކޮށް ހުރި ފާހާނާއެއް ކައިރީގައި ސުތުލި ގޯންޏެއް އަޅައިގެން އޭގެ މައްޗަށް ފުވައް ކޮށަމުން ގެންދިޔަ ތަނެވެ.

އަދި އެތަނުގެ އެތެރޭގައި (ކޮޓަރިއެއް ފާޑުގެ ތަނެއް) ފުވައްތައް ތަށިމުށިތައް މައްޗަށް އަޅާފައި ހުރި މަންޒަރުވެސް ބައެއް ފޮޓޯތަކުން ފެނެއެވެ.