ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރައްވާ މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން ހުދު ސަމާލު ނެރެފިއެވެ.

މި ހުދު ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅާ ހަމައަށް މިއަދު މެންދުރު 12:00 ހަަމައަށެވެ.

މި ހުދު ސަމާލުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެތުން ބުނެފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ހަމައެއާއެކު މެދު ރާއްޖެތެރެއާއި އުތުރުގެ ކަނޑުތައްގަދަ ވާނެކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓުން ބުންޏެވެ.

ރާޅުގެ އުސްމިން ދެކުނުގެ އަތޮޅުތަކަށް ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުއެވެ. އަދި އުތުރުގެކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 6 ފޫޓާއި 8 ފޫޓެވެ.

މީގެއިތުރުން މިއަދުވެސް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށާއި ހުރިހާ ފަރާތްތަކުންވެސް އެކަމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކުރައްވާފައެވެ.