ގައުމީ އެއަރލައިން، މޯލްޑިވިއަނުން ބަންގްލަދޭޝްގެ ޑާކާއަށް ކުރަމުން އައި ދަތުރުތައް އަލުން ފަށާފައިވާކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.
އެ އެއާލައިނުން ބަންގްލަދޭޝްއަށް ކުރަމުންއާއި ދަތުރުތައް މެދުކަނޑާލީ އެ ގައުމުގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކާއި ގުޅިގެނެވެ.
އަދި އަލުން އެ ދަތުރުތައް މިހާރު ފަށައިގެން ކުރިއަށްދާކަމަށާއި ނަމަވެސް ފްލައިޓްގެ އަދަދު މަދުކޮށް ކުރިން ހަފްތާއަކު ދެ ދަތުރު މޯލްޑިވިއަނުން އެ ގައުމަށް ކުރަމުން ދިޔަނަމަވެސް މިހާރު ކުރަނީ ހަފްތާއަކު އެންމެ ދަތުރެއްކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ.
އެ އެއާލައިނުން ޑާކާއަށް ކުރަމުންއައި ދަތުރުތައް މެދުކަނޑާލީ މިމަހުގެ ހަ ވަނަ ދުވަހުއެވެ.