އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ކައުންސެލިންގް ޑިޕާޓްމަންޓުން ފާއިތުވި ނުވަ މަސް ތެރޭގައި 139 ފަރާތަކަށް ހިލޭ ކައުންސެލިން ނަގައިދީފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ މިއަދު ވަނީ ވޭތުވެދިޔަ ނުވަ މަސް ތެރޭގައި 139 ކްލައިންޓުންނަށް 275 ކައުންސެލިންްގް ސެޝަން ނަގައިދީފައިވާ ކަމަށް މައުލޫމާތު ދީފައެވެ. މިގޮތުން އެ އިދާރާއިން ވިދާޅުވީ ވުޒާރާއަށް ރިޕޯޓުކުރެވޭ ކޭސްތަކަށް ނަފްސާނީ އެހީތެރިކަމާއި ސައިކޮސޯޝަލް އެއްބާރުލުން ފޯރުކޮށްދިނުމާއި، ޢާއިލާތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ފޯރޮކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ އިދާރާގެ މައިގަނޑު މަގްސަދު ކަމަށެވެ.

ކައުންސެލިންގް ސެޝަން ތަކުގެ އިތުރުން މީގެ އިތުރުން، ބެލެނިވެރިކަމުގެ (ޕޭރެންޓިންގް) ސެޝަންގެ 82 ސެޝަނާއި، ސައިކޮސޯޝަލް ސަޕޯޓް ސެޝަންގެ 25 ސެޝަން ވަނީ ކުރިއަށް ގެންގޮސްފައެވެ. ހަމައެހްންމެ، ކައުންސެލިންގް ޑިޕާޓްމަންޓުން ވަނީ ގޭގެއަށް ޒިޔާރަތްކޮށް ސައިކޮސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ 32 ކޭހަކަށް އެޓެންޑްވެފައެވެ. މީގެއިތުރުން، އަތޮޅުތެރޭގެ ރަށްތަކުގެ 17 ކޭހަކަށް ވަނީ އެޓެންޑް ކޮށްފައެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ގެންދަނީ މާލެ ސަރަހައްދާއި އަތޮޅުތެރެއިން ވެސް ހުށައެޅޭ ކޭސްތަކުގައި މަސައްކަތް ކުރަމުންނެވެ.