ވަރލްޑް ކަޕް ކޮލިފައިންގައި އަންނަ ސެޕްޓެމްބަރު މަހު ޗިލީ އަދި ކޮލަމްބިޔާއާ ދެކޮޅަށް އާޖެންޓީނާއިން ނެގި ސްކޮޑުން ކެޕްޓަން ލިއޮނަލް މެސީ ބާކީ ކޮށްފިއެވެ.

ކޯޗް ލިއޮނަލް ސްކަލޯނީ، އާޖެންޓީނާ ސްކޮޑުން މެސީ ބާކީ ކުރީ އެންމެފަހުގެ ކޮޕާ އެމެރިކާ ފައިނަލުގައި ކޮލަމްބިޔާއާ ދެކޮޅަށް ކުޅެނިކޮށް މެސީގެ ފަޔަށް ލިބުނު އަނިޔާ އަދިވެސް ރަނގަޅުވެފައިވާ ނުވާތީއެވެ. އޭގެ މެސީ އަދި ކްލަބް ލެވެލްގައިވެސް މެޗެއް ނުކުޅެއެވެ.

ވަރލްޑް ކަޕް ކޮލިފައިންގައި ސެޕްޓެމްބަރު 5 ވަނަ ދުވަހު އާޖެންޓީނާ ނިކުންނާނީ ޗިލީއާ ދެކޮޅަށެވެ. ކޮލަމްބިޔާއާ ދެކޮޅަށް ނިކުންނާނީ އޭގެ ފަސްދުވަސް ފަހުންނެވެ.

ވަރލްޑް ކަޕް ކޮލިފައިން ދެކުނު އެމެރިކާ ސަރަހައްދުގެ އެއްވަނައިގައި 15 ޕޮއިންޓާއެކު އާޖެންޓީނާ އޮތީ މިހާތަނަށް ކުޅުނު 5 މެޗްވެސް ކާމިޔާބު ކޮށްގެންނެވެ. ދެވަނައިގައި 13 ޕޮއިންޓާއެކު އުރުގުއޭ އޮތްއިރު، ތިންވަނައިގައި 12 ޕޮއިންޓާއެކު އޮތީ ކޮލަމްބިޔާއެވެ. މަޝްހޫރު ބްރެޒިލް އޮތީ 7 ޕޮއިންޓާއެކު 6 ވަނައިގައެވެ.