ނިމިދިޔަ ބޮޑު އީދުގެ ކުޅިވަރުތަކުން ބ.ކަމަދޫއިން މުޅި ރާއްޖެއަށް މަޝްހޫރު ވެގެންދިޔަ އުމުރުން އެންމެ 21 އަހަރުގެ "ކަމަދޫ ޒާރާ" އަދި ޒާރާގެ އާއިލާއާ ބައްދަލު ކުރުމަށް މަޝްހޫރު ވިޔަފާރި ވެރިޔާ އަދި ރައްޔިތުން މަޖިލީހުގެ އިއްޒަތްތެރި މެމްބަރު އަހްމަދު ޝިޔާމް މުހައްމަދު (ސަން ޓްރެވަލް ޝިޔާމް) އެރަށަށް ވަޑައިގެންވިކަން "ހަލިނޫހަށް" އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިއްޖެއެވެ.

ޝިޔާމް، ކަމަދޫއަށް ކުރެއްވި ދަތުރުފުޅާ ގުޅޭ ގޮތުން "ހަލިނޫހަށް" މައުލޫމާތު ދެއްވި ފަރާތުން ބުނީ ޝިޔާމް އެރަށުގައި މާގިނަ ވަގުތު މަޑު ނުކުރައްވާ ކަމަށެވެ. އެކަމަކު ޒާރާގެ އާއިލާއާ ޝިޔާމް ކުރީ ކޮންކަހަލަ މަޝްވަރާއެއް ކަމުގެ މައުލޫމާތު ދިނުމަށް "ހަލިނޫހަށް" މައުލޫމާތު ދިން ފަރާތުން ދެކޮޅު ހެދިއެވެ.

ރާއްޖޭގެ މީޑިޔާގައި މިވަގުތު އެންމެ ބޮޑަށް އަޑު ފެތުރެމުން ދަނީ "ކަމަދޫ ޒާރާ" އާއި ޝިޔާމް ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމުގެ އަޑުތަކެވެ. މިކަމަށް ބާރުލިބޭ ކަންކަންވެސް ދަނީ ހިނގަމުންނެވެ. މިގޮތުން ޝިޔާމްގެ ފަރާތްޕުޅުން ކަމަދޫ ރައްޔިތުންގެ ބޭސްފަރުވާގެ ކަންކަމަށް ދީލަތި ސްކީމެެެއް މިހާރު ވަނީ ހަމަޖައްސައިފައެވެ. މީގެ އިތުރުން އެރަށުގެ ރައްޔިތުންނަށް 1000 ރުފިޔާގެ މަގުން ނަގުދުފައިސާ ބެހުމަށްވެސް ޝިޔާމް ވަނީ ފައިސާގެ އެހީތެރިކަންވެސް ފޯރުކޮށްދީފައެވެ.

ޝިޔާމް ވަނީ މީގެ ކުރިންވެސް ގިނަ ކައިވެނިތަކެއް ކުރައްވާފައެވެ. އެކަމަކު މިހުރިހާ ކައިވެނިތަކެއްވެސް ރޫޅިފައިވާކަން ފާހަގަ ކޮށްލެވެއެވެ.