އުތުރުގެ އަތޮޅުތަކަށް ރޭ ކުރި ވިއްސާރައިގައި ހަތަރު ރަށެއްގެ 69 ގެއަކަށް ފެން ވަދެ ގެއްލުންވެފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކުރައްވައިފިއެވެ.

އެންޑީއެމްއޭ އިން ވިދާޅުވީ ރޭ ކުރި ވިއްސާރައިގައި ކުޅުދުއްފުށި ސިޓީގެ 57 ގެއަކަށް ފެން ވަދެ ގެއްލުންވެފައިވާކަމަށެވެ. އަދި ހއ. ހޯރަފުށީގެ ދެ ގެއަކާއި ށ. ފީވަކުގެ ފަސް ގެއަކާއި ށ. ނޫމަރާގެ ފަސް ގެއަކަށްވެސް ފެން ވަދެ ގެއްލުންވެފައިވާކަމަށް އެ އިދާރާއިން ހާމަކުރިއެވެ.

ކުޅުދުއްފުށީގެ 3 ގެއަކުން މީހުން ބަދަލުކުކުރެވިފައިވާކަމަށްވެސް އެންޑީއެމްއޭ އިން ވިދާޅުވިއެވެ.

ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ވިއްސާރަވެ މޫސުން ގޯސްކޮށް އޮތް ނަމަވެސް، ޤައުމުގެ ގިނަ ސަރަޙައްދުތަކުގައި މޫސުން އާންމު ގޮތެއްގައި ރަނގަޅުވަމުން ދާންކަމަށް މޫސުމާބެހޭ ޤައުމީ މަރުކަޒު އިން ވިދާޅުވެފައިވެއެވެ.