ކ. ކަނޑުއޮތްގިރި އެމްއެންޑީއެފަށް ދޫކޮށްލައިފި ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެން އޯޗަން ރިސޯސަސްގެ މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝިޔާމް މިފަދައިން ވިދާޅުވެފައިވަނީ މިއަދު މަސްވެރިކަމާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ނޫސްވެރިންނާއި ކުރެއްވި ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ކަނޑުއޮތްގިރި އެމްއެންޑީއެފްއާއި ހަވާލުކުރެވިފައިވަނީ މި މަހުގެ 4 ވަނަ ދުވަހު ކަމަށެވެ. މީގެއިތުރުން މިނިސްޓަރު ވިދާޅުވީ މި ކަނޑުއޮތްގިރި ފަޅަކީ ކަންނެލި މަސްވެރިކަމަށް ހާއްސަ ފަޅެއް ކަމުގައި ވިޔަސް މި ފަޅުން ކަންނެލި މަސްވެރިންގެ މައްސަލަ ތަކަށް އެދެވޭ ހައްލެއް ނުލިބުނު ކަމަށެވެ. އަދި އެ ބަދަލާއެކީ އެޗްޑީސީ މެދުވެރިކޮށް ހުޅުމާލޭ ބަނދަރުން ކަންނެލި މަސްވެރިންނަށް ހައްލެއް ލިބިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ޝިޔާޟް ވިދާޅުވީ މި ބަދަލަކީ ކަންނެލިމަސްވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލަކަށް ވާނެ ކަމަށެވެ. އެގޮތުން ކަންނެލި މަހުގެ އެކްސްޕޯޓް ކުރާ ފަރާތްތަކަށް އެ މާހައުލު ރަނގަޅު މާހައުލަކަށް ވެގެންދާނެ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.