ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން (އާރުޑީސީ)އިން ރާއްޖޭގެ އުތުރުގެ ތިން ރަށެއްގައި ޒަމާނީ ފެންވަރަށް މަގުތަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.

އާރުޑީސީއިން ސޯޝަލް މީޑިއާގައި ވިދާޅުވީ މިހާރު ރާއްޖޭގެ އުތުރު ރީޖަންގައި ޖުމްލަ ތިން ރަށެއްގައި މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެއީ ކުޅުދުއްފުށި ސިޓީއާއި ރ. ހުޅުދުއްފާރު އަދި ހއ. އިހަވަންދޫގައިއެވެ. މި ތިން ރަށުގައި މިވަގުތު އެ ކުންފުނިން 6 މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިގޮތުން ކުޅުދުއްފުށި ސިޓީގައި އާރުޑީސީއިން ދަނީ ދަނޑޫ މަގުގައި ޕޭޥިން އެޅުމާއި ސަހަރާ މަގުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރ. ހުޅުދުއްފާރުގެ އަމީނީ މަގު އަދި ބޮޑޫތަކުރުފާނު މަގުގައި ބިޓުމަން ސްޕރޭ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ބޮޑުތަކުރުފާޏު މަގުގައި ސަބްގްރޭޑް ކުރުމުގެ މަސައްކަތް ވެސް އާރުދީސީއިން މިވަގުތު ކުރިއަށް އެބަދެއެވެ. މީގެއިތުރުން، އާރުޑީސީއިން ދަނީ ހއ. އިހަވަންދޫގެ ކާސްޓިންގް ސަރަަހައްދުގައި ޖަންކްޝަން މަސައްކަތް ކުރުމުގެ އިތުރުން އެ ރަށުގެ ސޯސަން މަގުގައި ޑަކްޓް ނެޓްވޯކް އަޅަމުންނެވެ.