22 އޯގަސްޓް އއ. ބޮޑުފޮޅުދުއާއި އދ. މަންދޫގައި ޕޮލިސް ޕޯސްޓު ހުޅުވައި، ފުލުހުންގެ ހިދުމަތްދޭން ފަށައިފިއެވެ.

ފުލުހުން ބުނީ އިއްޔެ ބޮޑުފޮޅުދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އެރަށު ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ކައުންސިލު ރައީސް ޝުޖާއު އާދަމް ކަމަށާއި އަދި ގައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލު ރައީސް ޝުޖާއު އާދަމް ކަމަށެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، އދ. މަންދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެރަށު ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއާއި މާންދޫ ކައުންސިލުގެ ނައިބު ރައީސް އިބްރާހީމް ހުސައިންއެވެ.

މަންދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށްފަހު، ގައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލުގެ ނައިބު ރައީސް އިބްރާހީމް ހުސައިންއެވެ. ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ބޮޑުފޮޅުދުއާއި މަންދޫގައި ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، މާލެ ޕޮލިސް ކޮމާންޑު ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން، އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެ ދެ އަތޮޅުގެ އަތޮޅު ކޮމާންޑަރުންނާއި ދެ ރަށުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.