ފ.މަގޫދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިއްޖެއެވެ.

އެމްޓީސީސީއިން މިއަދު މީޑީއާއަށް ހާމަ ކޮށްފައިވާ ގޮތުން މަގޫދޫ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ޝިޕްމަންޓް މިހާރުވަނީ ސައިޓަށް ގެންދެވިފައިއެވެ. އެ ކުންފުނިންނ ވިދާޅުވީ މިހާރު ކުރިއަށް ދަނީ ބޮޑުހިލައިގެ ރިވެޓްމެންޓް މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، އެމްޓީސީއިން ދަނީ ރަށަށް ބޭނުންވާ 17 ހެކްޓަރުގެ ބިން ހިއްކުމާއި، އެއަރޕޯރޓަށް ބޭނުންވާ 30.8 ހެކްޓަރުގެ ބިން ހިއްކުމާއި، 1948 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހަމުންނެވެ. ހަމައެހްނެމެ، 1665 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ. މި މަޝްރޫޢަށް ހަމަޖެހިފައިވާ ބަޖެޓަކީ 232.26 މިލިއަން ރުފިޔާއެވެ.