މުޙްޔިއްދީން ސްކޫލުގައި ދިވެހި ޤައުމިއްޔަތާ ބެހޭ ކުލާހެއް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސަސް (އެމްއެންޑީއެފް)ގެއެޖުޓަންޓް ޖެނެރަލްސް ކޯރއިން ނަގައިދީފިއެވެ.

މި ކުލާސް ނަގައިދީފައިވަނީ މުޙްޔިއްދީން ސްކޫލުގެ އެދިލުމަކަށް އެ ސްކޫލުގެ ދަރިވަރުން ގައުމިއްޔަތާއި ބެހޭ ގޮތުން ހޭލުންތެރިކުރުވުމަށެވެ. މުޙްޔިއްދީން ސްކޫލުގައި މިއަދު ކުރިއަށް ގެންދިޔަ މި ކުލާހުގައި އެ ސްކޫލުގެ 65 ދަރިވަރުންނާއި ސްކޫލުގެ ޓީޗަރުން ވަނީ ބައިވެރިވެފައެވެ. "ޝަހީދުންގެ ޒިކުރާ" މި މަޢުޟޫއަށް އަލިއަޅުވާލައިގެން ކުރިއަށް ގެންދިޔަ މި ކުލާހުގައި ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދީފައިވަނީ ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދެވެ.