ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރާނަން ކަމަށާއި އަދި ރައްޔިތުންގެ އެކަން ކުރުމަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ސިއްހަތާބެހޭ ވުޒާރާގެ ވަޒީރު ޑރ.އަބުދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ސިއްހަތާއި ބެހޭ ވުޒާރާގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވަޒީރު ވިދާޅުވެފައިވަނީ ރައްޔިތުންނަށް ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ފަސްޖެހި ދޫކޮށްލާނެ ކަމެއް ނޫންކަމަށާއި ޤާނޫނުގެ ތެރެއިން އަދަބު ކަނޑައެޅިފައިވާ ގޮތަށް ރައްކާތެރިކުރުމުގެ ގޮތުން އަޅަންޖެހުނު ކޮންމެ ފިވަޔަޅެއް އަޅުއްވާނެ ކަމަށެވެ. އަދި ކާބޯތަކެތީގެ ޤާނޫނަކީ ދިވެހިރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ ކާބޯތަކެތި އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ ރައްކާތެރި، ތަކެތިކަން ކަށަވަރުކުރުމަށްޓަކައި އެކުލެވާލެވިފައިވާ ގާނޫނެއް ކަމަށެވެ. އަދި މިޤާނޫނުން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކަށް އަދަބުތަކެއް ކަނޑައެޅިފައިވާ ކަމަށް ވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިގޮތުން އަދަބު ތަކުތެ ތެރޭގައި 10،000 ރުފިޔާއިން އިން ފެށީގެން އެއް މިލިޔަން ރުފިޔާއާ ހަމަޔަށް ވެސް ޖޫރިމަނާ ކުރެވޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.