މޫނު ބުރުގާ އެޅުމަކީ ވަޒީފާއިން މަޙްރޫމްވާން ޖެހޭނެ ކަމެއް ނޫންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ. ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތަޙުޒީބީ މުޖުތަމަޢުއެއް ބިނާ ކުރެވޭނީ އެންމެގެ ހައްޤުތައް ދީގެންކަމަށާއި ތަޢުލީމީ ގިނަ އަންހެން ބޭފުޅުންތަކެއް މޫނު ބުރުގާ އަޅުއްވާފައި ތިއްބަވާކަމަށެވެ. މީގެ އިތުރުން ވަޒީރު ޑރ. ޝަހީމްގެ ޕޯސްޓުގައި މޫނު ބުރުގާ އަޅާ ފަރާތްތަކުގެ ވަޒީފާގެ ޙައްޤު ސިވިލް ސާވިސް ކޮމިޝަނުން ކަށަވަރުކޮށްދެއްވަން ޖެހޭނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ޝަހީމް މިހެން ވިދާޅުވެފައިވަނީ ހުޅުދެލީ ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލީ އަންހެނަކު މޫނު ބުރުގާ އަޅާތީ ޑިސްކޮލިފައި ކޮށްލުމުންނެވެ. ހުޅުދެލި މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލި އަންހެން މީހާ ޑިސްކޮލިފައި ކޮށްލި ސަބަބެއްގެ ގޮތުގައި އެ ކޯޓުން ވިދާޅުވެފައިވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 129 ވަނަ މާއްދާގައި މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައި ކަމަށް ބަޔާން ކޮށްފައި ވާތީއެވެ. އަދި ކެނޑިޑޭޓަކީ މޫނު ބުރުގާ އަޅާ ފަރާތެއްކަން ކަށަވަރުކުރުމަށް ފަހު މޫނު ބުރުގާ އަޅާ ނަމަ ރެކުރޫޓްމަންޓް ޕްރޮސެސް ކުރިއަށް ގެންދަން ނުފެންނަ ކަމުގގައި އެ ކޯޓުން ވަނީ ބުނެފައެވެ.
މޫނު ބުރުގާ ފުރަތަމަ އަޅަންވީނު ސަހީމު. މިމީހުން މި ގައުމު ޓެރަރިސްޓު ގައުމަކަށް ބަދަލުނުކުރަނީސް މި ވެރިކަން ބަދަލު ކުރަން އެބަޖެހޭ.