ހުޅުދުއްފާރު މަގުތަކުގައި ތާރު އެޅުމަށް ވާން ޖެހޭ ތައްޔާރީތަށް ނިމިއްޖެ ކަމަށް ރޯޑް ޑީވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.
އާރުޑީސީއިން މިއަދު މީޑިއާތަކަށް މައުލޫމާތުދެމުން ބުނީ، މަގުތަކުގައި ތާރު އެޅުމަށް ކޮނެގެން ކުރަން ޖެހޭ ކަންތައްތަށް ވަނީ ނިމިފައި ކަމަށެެވެ. އަދި ތާރުގެ ކުރިން އަޅާ އެގްރިގޭޓް ބޭސް ކޯރސް (އޭބީސީ) ފަށަލަ އެޅުމުގެ މަސައްކަތްދަނީ ކުރަމުން ކަމަށެވެ. އަދި އެ މަސައްކަތުގެ %73 ވަނީ ނިމިފައި ކަމަށް ވަނީ ބުނެފައި އެވެ.
މި މަޝްރޫއުގެ ދަށު ހުޅުދުއްފާރުގެ ޖުމްލަ 6 މަގެއްގައި ތާރު އަޅާނެއެވެ. އަދި މި މަޝްރޫއުގެ 87 އިންސައްތަ މީހާރު ވަނީ ނިމިފައި ކަމަށް ވެސް އާރުޑީސީއިން ބުނެއެވެ. 2022 ވަނަ އަހަރު އާރުޑީސީއިން ހަވާާލު މި މަޝްރޫއުގެ އަގަކަީ 88,912,040.55 ރުފިޔާއެވެ.