އުރީދޫ މޯލްޑިވްސް އިން ހުޅުމާލެ ފޭސް 2 ގައި އައު ސެންޓަރު ހުޅުވާލައިފިއެވެ.

މި އާ ފެސިލިޓީއަކީ ކަސްޓަމަރުންގެ ލުއިފަސޭހަކުރުމަށް އުރީދޫން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ ތަނެކެވެ. ހުޅުމާލޭ ފޭސް 2 ހުޅުވާލި އައު ސެންޓަރުގައި އުރީދޫގެ ގިނަ ހިދުމަތްތަކެއް ދެވިގެންދާނެއެވެ. މިގޮތުން، ސިމް ކާޑުން ރަޖިސްޓްރީ ކުރުމާއި، ބިލް ދެއްކުމާއި، ޑިވައިސް ގަތުމާއި، ކަސްޓަމަރ ސަޕޯޓް ފަދަ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެއެވެ. މި ސެންޓަރަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ތަމްރީނު ލިބިފައިވާ ޕްރޮފެޝަނަލުންގެ ޓީމަކުން ކަސްޓަމަރުންގެ ޓެލެކޮމިއުނިކޭޝަން ބޭނުންތަކަށް އެހީތެރިވެދިނުމަށް މަސައްކަތްކުރާ ސެންޓަރެކެވެ.

ހުޅުމާލެ ފޭސް 2ގެ ވިނަރެސް 6 ވަނަ ޓަވަރުގައި އަލަށް ހުޅުވާޅި އުރީދޫ ސެންޓަރު ހިދުމަތް ދޭނީ ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި މެންދުރު 1:00 އިން 4:00 އަށެވެ.