ރާއްޖޭގެ ޤައުމީ ދިފާއީ ބާރުން ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ފަރުކޮޅުފުށީގައި ހަތިޔާރާއެކު ތަމްރީންތަކެއް މިއަދު ހަދަން ފަށައިފިއެވެ.
ތަމްރީންތަކާ ގުޅޭ ގޮތުން ދިފާއީ ބާރުން ނެރެފަައިވާ ނޫސް ބަޔާނުގައި ބުނެފައި ވަނީ ތަމްރީންތައް ކުރިއަށް ގެންދާނީ މިއަދުން ފެށިގެން މިމަހުގެ 31 ގެ ނިޔަލަށް ކަމަށެވެ. އަދި މި ތަމްރީންތަކުގައި ހަތިޔާރު ގެންގުޅުނު ނަމަވެސް، ނުރައްކާތެރި ހަތިޔާރާއި ގޮވާޒާތުގެ ހަތިޔާރު ބޭނުން ކުރަން ހަމަޖެހިފައި ނުވާކަމަށް ދިފާއީ ބާރުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ސިފައިންގެ ހުނަރާއި ގާބިލްކަން އިތުރު ކުރުމުގެ ގޮތުން ޤައުމީ ދިފާއީ ބާރުން ކޮންމެ އަހަރަކުވެސް މިފަދަ ތަމްރީންތައް ކުރިއަށް ގެންދާކަން ފާހަގަ ކޮށްލެވެއެވެ.