ލިޔުނީ: މަރްޔަމް ނަޘީމާ

ސުވެޑިޝް އޯޕަން ސޭންޑްވިޗް

މިހަފްތާގެ "ހަލި ސުފުރާ" ގައި ތިޔައެންމެހާ ކިޔުންތެރިންނަށް މިގެނެސްދެނީ "ސުވެޑިޝް އޯޕަން ސޭންޑްވިޗް" ތައްޔާރު ކުރާނެގޮތުގެ ރަހަފަތެވެ. މިއީ ސިއްހަތަށް ފައިދާހުރި، ކުޑަ ވަގުތުކޮޅެއްތެރޭ ތައްޔާރުކޮށްލެވޭނެ ތަފާތު މީރު ސޭންޑްވިޗެކެވެ.

ބޭނުންވާނެ ތަކެތި:

2 ޕާން ފޮތި

2މޭޒުމަތީ ސަމްސާ ކްރީމް ޗީޒް

1 ކިއުކަމްބަރ

 1ފިޔާ ،  2 ބިސް (ފެނުކައްކާފައި) މުގުރި އަސޭމިރުސް ލޮނު

ތައްޔާރުކުރާނެގޮތް:

1. ފެނުކައްކާފައިވާ ބިސް ހަތަރު ފަޅިއަށް ފަޅާލާށެވެ.

2. އެއަށްފަހު ޕީލަރުން ކިއުކަންބަރ ދިގަށް ރިބަންހެން ޕީލްކޮށްލާށެވެ.

3. ދެން ވައްފޮއްޗަށް ފިޔާ ކޮށާލާނީއެވެ.

4. ޕާން ފޮތީގައި ކްރީމް ޗީޒް އުނގުޅުމަށްފަހު އޭގެ މަތީ ކިއުކަމްބަރ، ފިޔާ އަދި ބިސް އަތުރާލާށެވެ. އެއަށްފަހު ބޭނުންފުޅުވާ މިންވަރަށް ލޮނު އަދި އަސޭމިރުސް އަޅުއްވާށެވެ.