މޮސްކޯ، އޮގަސްޓް 23، /ޓާސް/: އެމެރިކާ އާއި ހުޅަނގުގެ އެހީގައި ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ޔޫކްރޭނުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމުގައިވާ ޚާރކޯވުގެ 50 އަވަހަށް ރަޝިޔާގެ ސިފައިން ހިފައިފިއެވެ.

ޚާރކޯވް ރީޖަންގެ ސިވިލް-މިލިޓަރީ އެޑްމިނިސްޓްރޭޝަންގެ ވެރިޔާ ވިޓަލީ ގަންޗޭވް ޓާސް އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ރަޝިޔާ ސިފައިންނަށް ހަމަލާ ދިނުމަށް ޔޫކްރައިން ސިފައިން ބޭނުން ކުރި މުހިއްމު ޕޯސްޓްތައް މި ސަރަހައްދުގައި އެބަހުރި ކަމަށެވެ.

"ވޮލްޗަންސްކް ޓައުން އަކީ އެ ސަރަހައްދުގައި ޔޫކްރޭން ސިފައިން ބޭނުންކުރަމުން އަންނަ އައުޓްޕޯސްޓެއް. ރަޝިޔާ ސިފައިންގެ މިސްރާބު މިހާރު ހުރީ ވޮލްޗަންސްކް ހިފުމަށް. ސިފައިން ދަނީ ޔޫކްރައިން ފައުޖަތަކާ ކުރިމަތިލައި ކުރިއެރުންތައް ހޯދަމުން" ޚާރކޯވް ރީޖަންގެ ސިވިލް-މިލިޓަރީ އެޑްމިނިސްޓްރޭޝަންގެ ވެރިޔާ ގަންޗޭވް "ޓާސް" އަށް ވިދާޅުވިއެވެ.

ރަޝިޔާ ސިފައިން ޚާރކޯވް ސަރަހައްދުން ކުރިއެރުންތައް ހޯދަމުން އަންނައިރު، އެމެރިކާ އާއި ހުޅަނގުގެ އެހީގައި ރަޝިޔާގެ ކަރސްކް ރީޖަންއަށް ވަރުގަދަ ހަމަލާއެއްދީ ޔޫކްރައިނުން ވަނީ ރަޝިޔާގެ ބޯޑަރުގެ ތެރެއިން 30 ކިލޯ މީޓަރުގެ ސަރަހައްދެއް ހިފާފައެވެ. މިސަރަހައްދު މިނިވަން ކުރުމަށް ރަޝިޔާއިން މިހާރު ގެންދަނީ ވަރުގަދަ ހަމަލާތައް ދެމުންނެވެ.